Shifza Musthafa

Shifza Musthafa السلام عليكم
Welcome to the official page of SHIFZA MUSTHAFA, Maldives!

TV Presenter | MC | Writer | Media & PR Consultant | Lawyer | Lecturer | National Awardee | Rehendhi Awardee | Journalism Awardee | Shari'ah & Law Graduate | Nature Lover | Alhamdhulillah for everything!🤲 The page provides:

* Some of the noteworthy contents produced by me as a Producer/Presenter/NewsAnchor/Host/Journalist/Writer/Reporter/Editor/Narrator, during my long journey in TV broadcasting, and glance of cherishable memories throughout the career;

* Scenes of my present performance;

* Inspirational quotes and other contents to spread love and kindness.


📧 For official purpose, mail to: [email protected]

"When life gives you hundred reasons to cry, show life that you have thousand reasons to smile"

~Shifza Musthafa~

14/08/2026

ޤައުމީދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން 🇲🇻

އޭރުވެސް މިހާރުވެސް އެދުރެކެވެ. އެކުވެރި މިތުރެކެވެ. ދޭތެރެއަކުން ފެނިލައި ހާލު އެނގިލަން އަބަދުވެސް ހިތްއެދެވެއެވެ. ދުވ...
12/08/2026

އޭރުވެސް މިހާރުވެސް އެދުރެކެވެ. އެކުވެރި މިތުރެކެވެ. ދޭތެރެއަކުން ފެނިލައި ހާލު އެނގިލަން އަބަދުވެސް ހިތްއެދެވެއެވެ. ދުވަސްގަނޑަކަށް ފަހު ބައްދަލުވުމުން ނުހަނު އުފާވިއެވެ. މާގިނައިން ފެނިދެނިވެ ނޫޅެވޭތީ، މިހެން ދިމާވާ ފަހަރުތަކުގައި ލައްކަ ވާހަކަ ހުރެއެވެ. ނަމަވެސް މިފަހަރު އެކުގައި ހޭދަކުރެވުނު ގަޑިއެއްހާއިރު މުޅިންވެސް ދެކެވުނީ އެއްވާހަކައެކެވެ. ހަމަ އެންމެ މީހަކާ ގުޅޭގޮތުންނެވެ. އެއީ އިމާދުގެ ރަނެއްމަލެއްފަދަ ކަނބުލޮއެވެ. މާޝާﷲ، އަންހެން ދަރިއަކު ހެޔޮގޮތުގައި ބޮޑުކުރެވުމަކީ ހާދަ ބޮޑު ފަޚުރެކެވެ. ދޮންކަނބުލޮގެ ދެބަފައިންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި! 🤲
Imad Latheef

05/08/2026

with Shifza Musthafa

03/08/2026

live with Shifza Musthafa

01/08/2026

މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 01 އޮގަސްޓް 2026 އިން ފެށިގެން ކުންފުނީގެ

މިއަދަކީ ހިޖުރީ ސަނަތުން 16 ސަފަރު 1448 އެވެ. މީލާދުން 30 ޖުލައި 2026 އެވެ. މޫސުމަށް ބަލާއިރު ވިއްސާރަ ދުވަހެކެވެ. ހެނދު...
30/07/2026

މިއަދަކީ ހިޖުރީ ސަނަތުން 16 ސަފަރު 1448 އެވެ. މީލާދުން 30 ޖުލައި 2026 އެވެ. މޫސުމަށް ބަލާއިރު ވިއްސާރަ ދުވަހެކެވެ. ހެނދުނުން ފެށިގެން ވާރޭ ވެހެއެވެ. ދޭތެރެއަކުން ވަރަށް ބޯކޮށް ވެހެއެވެ. މިފަދަ ދުވަހެއްގައި އަހަރެންގެ ހިތަށް ލިބޭނެ ފިނިކަން ސޯޝަލް މީޑިއާއިން އަހަރެންގެ ލިޔުންތައް އާންމުކޮށް ކިޔާ މީހުން ނުވަތަ ވީޑިއޯތައް ބަލާ މީހުންނަށް އިހުސާސް ކުރެވޭނެއެވެ. ނަމަވެސް މިއަދު މިއުޅެނީ އެ ފިނިކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ. މުޅިން އެހެން ވާހަކައެކެވެ.

ޤާނޫނީ ވަކީލެއްގެ ގޮތުގައި އިންސާފު ހޯދައިދިނުމަށް އަހަރެން އެންމެ ފުރަތަމަ ހުށަހެޅި މައްސަލައިގެ ނިންމުން ދޮޅު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު މިއަދު ވަނީ އިއްވާފައެވެ. މުވައްކިލަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން 23 ޖަނަވަރީ 2025 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގެ ނިންމުން މިއަދު 11:00 ގައި އިއްވާފައިވާއިރު، އެންމެ ފަރުދަަކަށް އިންސާފު ލިބިދިނުމަށް މިހާ ދިގު މުއްދަތެއް ހޭދަވާން ޖެހުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް މިއީ މިއަދު ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމުގެ އާންމު ހާލަތެވެ.

މައްސަލައިގެ ނިންމުމަށް ވާސިލުވާން ދިގު މުއްދަތެއް ނެގި ކަމުގައި ވިޔަސް، މިއަދަކީ ހިތްހަމަޖެހުމުގެ ދުވަހެކެވެ. މީހަކަށް ލިބެންޖެހޭ ޙައްޤެއް ހޯދައިދެވުމުގެ ހިތްހަމަޖެހުމެވެ. ވަކީލެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ހިފައިގެން ތެދުވި މައްސަލަ ކާމިޔާބުވުމުގެ އުފަލެވެ. މިބާވަތުގެ މައްސަލަތަކުގައި އެދޭ ހުރިހާ އެދުމެއް ފުރިހަމަވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް އެދުނު ފަރުވާތަކުގެ ތެރެއިން ބައެއް ނަމަވެސް ލިބުމަކީ ކާމިޔާބެކެވެ.

އަހަރެންގެ އަމިއްލަ ނަފުސު މިކަން ފާހަގަކުރަން ބޭނުންވަނީ ޤާނޫނީ ދާއިރާގެ އަމަލީ މަސައްކަތުގެ ކާމިޔާބު ފެށުމެއްގެ ގޮތުގައެވެ. މި ދާއިރާގައި މިހާރަށްވުރެ ފުޅާކޮށް މަސައްކަތް ކުރުމަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައެވެ. ނަމަވެސް މިއީ އަހަރެންގެ މޮޅުކަމެއް ނޫނެވެ. އެންމެހާ ޙަމްދާއި ސަނާ ޙައްޤުވެގެން ވަނީ ﷲ ތަޢާލާއަށެވެ. އެކަލާނގެ ނުދެއްވާ މޮޅުކަމެއް، ކުޅަދާނަކަމެއް އެއްވެސް މީހަކަށް ލިބިގެން ނުވެއެވެ. الحمد لله 🤲.

27/07/2026

"ވިޔަސް ހެވޭ ނުވިޔަސް ހެވޭ ދެން ބޭޒާރު"
މިހިރީ ބާރަށު ޝިޔާމް ހުރައިން އަތުލައިގެންފައި. 😅

26/07/2026

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ ހެޔޮއެދުމާއި ތަހާނީ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރަން. 🇲🇻

Address

Fuvahmulah

Website

Alerts

Be the first to know and let us send you an email when Shifza Musthafa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shifza Musthafa:

Shortcuts

Share