Dhulun

Dhulun Dhulun - For truth, integrity & trust. All materials on our website are Copyright Protected, any violation of Copyright may result in legal action.

Dhulun owned by Aflaan

28/01/2025
މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.ފައިސަލް މަގާމުން ވަ...
28/01/2025

މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވައިފިއެވެ.

ފައިސަލް މަގާމުން ވަކިކުރުމަށްފަހު މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނޭއެވެ.

ފައިސަލް މަގާމުން ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ރައީސް މުޢިއްޒު އާއި އަބްދުއް ރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފަ އެވެ.

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގޮތުން އޭސީސީ ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަށް ހޯދިފައިވާ ކަމަށް އ...
27/01/2025

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގޮތުން އޭސީސީ ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަށް ހޯދިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އޭސީސީއިން ބުނެފައިވަނީ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަށް ހޯދުމަށް 26 ޖަނަވަރީގައި އޭސީސީގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައިވާނެކަމަށެވެ. ނަމަވެސް ތިނަދޫ ސިޓީ ކައުންސިލްގެ ފަރާތުން އޭސީސީއަށް މިކަމުގައި އެކަށީގެންވާ އެއްބާރުލުންލިބިފައިނުވާ ކަމަށް އެކޮމިޝަނުންބުނެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާއެއްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގާފައިވާކަމަށާއި މިކަމާގުޅުގެން ކައުންސިލުން ދެމުންދާ ބައެއް ހިދުމަތްތަށް މެދުކެނޑިފައިވާކަމަށެވެ.

އޭސީސީއިން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަށް ހޯދުމަށް ކޮމިޝަނުން ކައުންސިލްގައި ހަރަކާތްތެރިވެފައިވިނަމަވެސް ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެކެވެ.

2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ 2023ސްޕީޑް” ލާންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލާންޗު ޖެހި ހިނގ...
27/01/2025

2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ 2023ސްޕީޑް” ލާންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލާންޗު ޖެހި ހިނގި އެކްސިޑެންޓްގައި ، އެތަނުން އެއް ލޯންޗުން ދަތުރުކުރި މީހަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވި މައްސަލަ ތަހުގީގުކޮށް ނިންމައި ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މިމައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައިވާ ދެ މީހުންނަކީ ކ. ކާށިދޫ / ހީނާވިލާ، ޔާނިސް ޙަމީދު (35އ) އާއި ހދ.ނޮޅިވަރަން/ ގްރީންހައުސް، މުޙައްމަދު ޖަމީލް (43އ) އެވެ. މި ދެމީހުންނަކީ އެކްސިޑެންޓް ހިނގި ވަގުތު އެ ދެލޯންޗު ދުއްވަން ތިބި މީހުންނެވެ.

މިމައްސަލައިގެ ތަހުގީގު ނިންމައި އެދެމީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައިވަނީ 04 ޖޫން 2023 ގައެވެ. ނަމަވެސް މައްސަލަ އިސްލާހުކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2025 ޖަނަވަރީ 15 ވަނަ ދުވަހުއެވެ.

2023 އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު “ސަސް އީ ސްޕީޑް” ލާންޗާއި “އެމްޑަބްލިޔުއެސްސީ މެރިން 2” ލާންޗު ޖެހި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ 52 އަަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އެ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެދުވަހުގެ 18:15 އެހާކަންހާއިރުއެވެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، މ. ޖިއެނާ، މުއު...
26/01/2025

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، މ. ޖިއެނާ، މުއުމިނާ ވަޙީދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް މުއުމިނާ ވަޙީދު ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006)ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.

މުއުމިނާ ވަޙީދު، މާސްޓަރސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން އޭޝިއާ ޕެސިފިކް، ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ. މުއުމިނާ ވަޙީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުގެ މަޤާމުގައެވެ.

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާ ކަމަށް، ރައީސް އޮފީހު...
26/01/2025

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައާރަފް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތަކީ މީޑިއާގެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ޤާއިމްކޮށް ދެމެހެއްޓުންކަމަށެވެ.

އެގޮތުން ނޫސްވެރިކަމާ އިންޓަރނެޓް ރެގިއުލޭޓް ކުރާ ބިލެއް ތަޢާރަފް ކުރާކަށް ސަރުކާރުން އެެއްވެސް މަސައްކަތެއް ނުކުރާކަމަށާއި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައިވެސް އެފަދަ ބިލެއް ހިމެނިފައި ނުވާނެކަމަށް ހީނާ ވިދާޅުވިއެވެ.
އަދި ކުރިއަށްއޮތް ތަނުގައިވެސް އެފަދަ ބިލެއް ތަޢާރަފް ކުރުމުގެ ވިސްނުމެއްނެތްކަމަށާއި މީޑިއާތައް ޑީ ރެގިއުލޭޓް ކުރުމާއެކު ސެލްފް ރެގިއުލޭޓަރީ ނިޒާމަކަށް ފުރުސަތު ދިނުން އެއީ ސަރުކާރުގެ ސިޔާސަތުކަމަށް ހީނާ ވިދާޅުވިއެވެ.

ހީނާ މިގޮތަށް ވިދާޅުވެފައިމިވަނީ ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓްކުރަން ބިލެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައް...
26/01/2025

ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މި މަސައްކަތުގެ ތެރެއިން ކައުންސިލުންވަނީ ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢަޒީޒާ މުސާ، މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ގެ ބަދަލުކޮށް ނިންމާފައެވެ. އަދި މީގެއިތުރުން ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް ކަމުގައިވާ މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސިޓީކައުންސިލުން ބުނޭއެވެ.

މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، ކައުންސިލުންދަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިގާވެއުޅޭ މީހުންނަށް ފަސޭހަ ކުރުމުގެ މަސައްކަތް މާލޭގެ، އެކި ސަރަހައްދު ތަކުގައި ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 2 ބޭފުޅަކު ޢައްޔަން ކުރައްވައ...
26/01/2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 2 ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ

‎އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރައްވާފައިވަނީ އަޙްމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި ޢަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާއެވެ.

‎މއ. ގޯލްޑަންމޫން، އަޙްމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

‎ރ. އަލިފުށި، ފަސާނާ، ޢަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ވަނީ ކުރައްވާފައެވެ.

‎އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި އެބޭފުޅުން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، މިއަދު ޢައްޔަންކުރައްވަ...
26/01/2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ދެ ބޭފުޅަކު، މިއަދު ޢައްޔަންކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވި 2 ބޭފުޅުންނަކީ، މުޙައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު، ކ.ހުރާ، ރޯޒް އެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މި ދެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި ޑޭޓާބޭސްތަކުން ރައްޔިތުންގެ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ  ޕީޕަލްސް ނޭޝަނަލް...
25/01/2025

ސަރުކާރުގެ ރަސްމީ ލިޔެކިޔުމާއި ޑޭޓާބޭސްތަކުން ރައްޔިތުންގެ މައުލޫމާތު ވަގަށް ނަގައިގެން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މެމްބަޝިޕަށް އެކިއެކި މީހުންގެ ނަމުގައި ސައްހަނޫން ފޯމުފުރައި ދަފްތަރުގައި ޖައްސާފައިވާ މައްސަލަ ދަ ޑިމޮކްރެޓްސްއިން ފުލުހަށް ހުށަހަޅަން ނިންމައިފިއެވެ.

ދަ ޑިމޮކްރެޓްސްއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ސައްހަނޫން ފޯމް ފުރައި ޕީއެންސީގެ ދަފްތަރަށް ގިނަބައެެއް ޖައްސާފައިވާ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި 26 ޖަނަވަރީ ވާ އާދިއްތަ ދުވަހުގެ ހެނދުނު މައްސަލަ ފުލުހަށް ހުށަހަޅަން ނިންމާފައިވާކަމަށެވެ.

ސައްހަނޫން ފޯމްތަކުގެ މައްސަލަ ބޮޑުވެފައިވި ދަނޑިވަޅުގައި ޕީއެންސީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަދުން ނަމަވެސް ސައްހަނޫން ފޯމްތަކެއް ހުށަހެޅިފައިވާކަމަށާއި އީސީގެ ޕޯޓަލަށް އެންޓާކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރުވެސް، އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ސައްހަނޫން ފޯމުތަކުގެ މައްސަލަ އީސީ އަދި ފުލުހުން ތަހުގީގުކުރަމުން އަންކަަމަށާއި، އެކަމުގައި ފުރިހަމަ އެއްބާރުލުން ޕާޓީއިން ދޭނެ ކަމަށް ވެސް ޕީއެންސީން ބުނެ އެވެ.

މާލެ ސަރަހައްދުން ފުލުހުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން  ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ނައް...
25/01/2025

މާލެ ސަރަހައްދުން ފުލުހުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރިފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ނައްތާލައިފިއެވެ.

ޓޯޔާޑަށް ގެންދާ ވެހިކަލު، ގެންދިޔުމަށް އުޅަދުގެ ވެރިފަރާތަށް ވަކި މުއްދަތެއް ލިބޭއިރު އެ މުއްދަތުގެ ތެރޭގައި އުޅަނދު ނުގެންގޮސްފިނަމަ އެ ވެހިކަލެއް ފުލުހުން ނައްތާލައެވެ.

ފުލުހުން ޓޯވ ކޮށްފައިވާ އުޅަނދުގެ ތެރެއިން ނައްތާލައިފައިވަނީ ހަތަރު ފުރޮޅުލީ 40 އުޅަނދާ، ދެފުރޮޅުލި 378 އުޅަނދުގެ އިތުރުން 28 ބައިސްކަލެވެ.

Address


Website

Alerts

Be the first to know and let us send you an email when Dhulun posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Address
  • Alerts
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share