Hiriyaa

Hiriyaa Trustable and reliable news from Maldives. Coverage of upto date breaking news, important stories and trending topics. Hiriyaa Media Group

މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާބެހޭ އުސޫލުތައް ބަޔާންކުރާ ހެއްކާބެހޭ ޤާނޫނާ ގުޅޭ ޚާއްސަ ސެ...
24/07/2025

މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާބެހޭ އުސޫލުތައް ބަޔާންކުރާ ހެއްކާބެހޭ ޤާނޫނާ ގުޅޭ ޚާއްސަ ސެމިނަރއެއް ފަށައިފިއެވެ.

"ނެވިގޭޓިންގ ދަ އެވިޑެންސް އެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ސެމިނަރގައި ހެއްކާބެހޭ ޤާނޫނާއި ގުޅޭ މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދެވޭނެ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އެކެޑެމީއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫއިން ގުޅިގެން ކުރިއަށްގެންދާ މި ސެމިނަރ ނަންގަވައިދެއްވަނީ މި ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރެއްކަމަށްވާ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަންގެ ޕްރޮފެސަރ ޖެރަމީ ގޭންސްއެވެ.

ޖެރަމީ ގޭންސްއަކީ ޖިނާއީ ޢަދުލާއި ހެއްކާބެހޭ ޤާނޫނު ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ ޕްރޮފެސަރއެކެވެ. މެލްބަން ޔުނިވަރސިޓީގެ ޖޭޑީ ޕްރޮގްރާމުގެ ދަށުން އޭނާ ދަނީ ސަބްޖެކްޓިވް ހެކިބަހާއި ސާބިތުކުރުމުގެ މައްޗަށް ކިޔަވައިދެއްވަމުންނެވެ. އަދި ނުފޫޒުގަދަ އެތައް ފޮތެއް ލިޔުއްވައި އަދި އެހެން ފަރާތްތަކާއެކުވެސް ގިނަ ފޮތްތަކެއް އޭނާ ވަނީ ލިޔުއްވާފައެވެ.

ނ. މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި...
24/07/2025

ނ. މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާފަރު ސިއްޙީ މަރުކަޒުގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 3 އެކެވެ. އެހެންކަމުން ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި މިމަހުގެ 20 ވަނަ ދުވަހު ފެނަކައާ ހަވާލުކުރިއެވެ. އޭރު ހަވާލުކޮށްފައިވަނީ 4 އެނދުގެ ވޯޑެއް ތަރައްޤީކުރުމަށެވެ. އެހެންނަމަވެސް އެރަށުގެ ރައްޔިތުން ވަނީ ބެޑް ކެޕޭސިޓީ އިތުރުކޮށްދިނުމަށް އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ އެރަށުގެ ރައްޔިތުން އެދުނު ގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދެއްވާނެކަމަށް އިޢުލާން ކުރައްވާފައެވެ. އެއާއެކު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކުރައްވާފައެވެ.

މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.

މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯ ޤާއިމްކުރާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

ކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.ފުލުހުންގެ ...
24/07/2025

ކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ ކާރެއްގައި ތިބި ދެ މީހަކު ހޯދަން ފުލުހުން މިއަދު ވީޑިއޯ އާންމުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު، ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ.

ފުލުހުން ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އެ މީހުން ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ތިބި ދެ މީހުން ހުޅުމާލެ 2 ގައި މީހުން ނޫޅޭ ހިސާބަކަށް ގޮސް ފައިބައި ކާރަށް ވެފައި ހުރި ގެއްލުން ބަލަ އެވެ.

ކަޅު ކުލައިގެ އެ ސްޕޯޓްސް ކާރުގެ ކުރީކޮޅުން ބައެއް ނެއްޓި އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.

ކާރުން ފައިބައި ދެ މީހުންގެ ތެރެއިން އެކަކު ހުންނަނީ ރަތް ކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އަނެއް މީހާ ހުންނަނީ މަޑު މުށި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެންނެވެ.

އެ މީހުން ކައިރިއަށް އެޗްޑީސީގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ދާތަން ވެސް ވީޑިއޯއިން ފެނެ އެވެ.

މާލޭގެ މަގުތަކުގައި އުޅޭ ބުޅަލަށް އަނިޔާކޮށް ނުމެރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވ...
24/07/2025

މާލޭގެ މަގުތަކުގައި އުޅޭ ބުޅަލަށް އަނިޔާކޮށް ނުމެރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވީ މިހާރަކަށް އައިސް މާލޭގެ މަގުތަކުގައި ވީއްލިގެން އުޅޭ ބުޅާތަކަށް ބައެއް ފަރާތްތަކުން ގޯނާކޮށް ހާނިކަކުރުމުގެ އިތުރުން އެސޮރުމެން މަރާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. އަދި މިއީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މިންގަނޑުތަކާ ޚިލާފު އަމަލަކަށްވާތީ އެކަން ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ ޖަނަވާރުގެ ދުޅަހެޔޮކަމުގެ މަހްފޫމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގެންފައިވާ ޖަނަވާރަށް ލިބިގެންދާ ފަސް މިނިވަންކަމެކެވެ. އެއީ ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަމާއި ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުގެ މިންޖުވުގެ މިނިވަންކަމާއި އަދި ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަންކަމަށެވެ.

މީގެ އިތުރުން ވޭނާއި، ހާނިކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އޭޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަންކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލ. އަތޮޅުގައި ފަށައިފިއެވެ.ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތ...
24/07/2025

އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ލ. އަތޮޅުގައި ފަށައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ލ. އަތޮޅުގައި ފެށުމާއެކު އެއަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.

ޑީއެންއާރުން ވިދާޅުވީ މިހާރު 27 ރަށެއްގައި މި ޚިދުމަތް ދެމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށެވެ.

އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި ހަމައެއާއެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށްދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށްދަނީ ތައްޔާރުވަމުންނެވެ.

އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

ސްކޫލް ބަންދާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ދި...
24/07/2025

ސްކޫލް ބަންދާ ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން “ސޭފް ހޮލިޑޭސް” ގެ ނަމުގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

މި ހަރަކާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ، މާލެ ފްރޮންޓްލައިން ޕޮލިސިންގގެ ނެއިބަރހުޑް ސަޕޯޓުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުގެ 22 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ފުލުހުން ވަނީ މި ހަރަކާތް ކުރިއަށްގެންގޮސްފައެވެ.

"ސޭފް ހޮލިޑޭސް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގެ ތެރެއިން މާލޭގައި ރައްޔިތުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ވިޔަފާރިތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން އާންމު ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ޗުއްޓީއަށް ފުރުމުގެ ކުރިން ރައްޔިތުންގެ ގެދޮރާއި އަގުހުރި ތަކެއްޗަށް ގެއްލުމެއް ލިބުމުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ކިޔައިދެއްވާފައެވެ.

މީގެއިތުރުން، ފަހަކަށް އައިސް ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކާއި، ޓްރެފިކް އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތްތަކާމެދު އާންމުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދީފައިވެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ލީފްލެޓްތައް ބަހާފައިވެއެވެ.

މިލަދުންމަޑުލު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުން ހާމަވީ ރައްޔިތުން ބޭނުނ...
24/07/2025

މިލަދުންމަޑުލު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުން ހާމަވީ ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް އެމަނިކުފާނު ބާރުއަޅުއްވާ މިންވަރު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަޒީރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ނ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު އެއްކަމަކީ ރައްޔިތުން އެދޭގޮތަށް ސަރުކާރުގެ އެކި މުއައްސަސާތަކުން ރަށްރަށުގައި ހިންގުމަށް ރޭވިފައި ހުރި މަޝްރޫޢުތަކަށް ރައްޔިތުން އެދޭގޮތަށް ބަދަލުގެނެސްދެއްވައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ތަރުތީބުކޮށް، ރާވައި، ހިންގުމަށް އެމަނިކުފާނު ބާރު އަޅުއްވާކަމަށެވެ.

މިއީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާއި ރައްޔިތުންނާ ގާތުން، ރައްޔިތުން ބޭނުންވާގޮތަށް ވެރިކަން ކުރެއްވުމަށް ބާރުއަޅުއްވާ މިންވަރު ހާމަވާކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ރާވައި ހިންގުމުގައި ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯދުމުގެ މަފުހޫމަށް އިތުރަށް ސަމާލުވުމަށް އިތުރަށް ހިތްވަރު ލިބިގެންދިޔަ ކަމަށްވެސް ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަ...
24/07/2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު ދެކުނުބުރީގައި މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވިއެވެ. އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ރަށްރަށުގެ ސްކޫލްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވިއެވެ.

‎މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނ. ޅޮހީގެ ތަރައްޤީއަށް، އެރަށުގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ކުރިއަށްގެންދަވައި ފުރިހަމަކޮށްދެއްވާނެކަމަށް ރައީސ...
24/07/2025

ނ. ޅޮހީގެ ތަރައްޤީއަށް، އެރަށުގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ކުރިއަށްގެންދަވައި ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރެއްވި ދަތުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި އެއަތޮޅު ޅޮއްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ޅޮހީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރިކަމަށާއި، އެކަންކަމަށް ވަރަށް ސަމާލުކަންދެއްވައިގެން ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން ޅޮހީގެ ރައްޔިތުން އެދޭ ހުރިހާ މަޝްރޫޢުއެއް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އެގޮތުން މިހާރު ހިނގަމުންދާ ބަނދަރު ތަރައްޤީގެ މަޝްރޫޢުއަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތަކެއް ހުށައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ވީއެންމެ ރަނގަޅަކަށް ރައްޔިތުން އެދޭގޮތަށް އެބަދަލުތައް ގެނެސްދެއްވާނެކަމަށެވެ. އެ މަޝްރޫޢު ހިންގާނީ އޮޑިއެހެލާ ސަރަހައްދަކާއެކީގައި ދިގު މުއްދަތަކަށް ބޭނުންކުރެވޭނެގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނ. ޅޮހީގެ އިޚުތިސާސްގައި އެ އަތޮޅުގެ ގޯންބިލިވާދޫ ހިމަނައިދިނުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމ...
24/07/2025

ނ. ޅޮހީގެ އިޚުތިސާސްގައި އެ އަތޮޅުގެ ގޯންބިލިވާދޫ ހިމަނައިދިނުމަށް އެ ރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

ޅޮހީ ކައުންސިލުން މިގޮތަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޅޮއްސަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމުގައި ޅޮހީ ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޅޮހީ ބަނދަރުގެ ނެރު ބަދަލުކޮށް ފަސޭހަ ފަޅެއްގެ ގޮތުގައި ހެދުމުގެ މުހިންމުކަމުގެ އިތުރުން އޮޑި އެހެލާ ސަރަހައްދުވެސް ބަނދަރާއެކު ހިމެނިގެން މަސައްކަތް އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލަކާއި ރިސޯސް ރޫމުތައް ގާއިމުކުރުމަށް ބޭނުންވާކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.

ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއެކު ރަށުގައި އާންމުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗް ސަރަހައްދެއް ޤާއިމުކޮށްދިނުމަށްވެސް ޅޮހީ ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ހައުސިންގ ސްކީމް ނެތް ރަށްރަށަށް ލޯނު ސްކީމެއް ހަމަޖެހިގެން ދިއުމާއި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއެއްގޮތަށް ބައިނަލްއަގުވާމީ ފެންވަރަށް ރާޅާއަޅާ ސަރަހައްދު ތަރައްޤީވެގެންދިއުމަށް އެދޭކަމުގައިވެސް އެ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ނ. ޅޮހީގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.ޅޮހި ފިޓްނަސް އެންޑް...
24/07/2025

ނ. ޅޮހީގައި ސަރުކާރުން ގާއިމުކޮށްދެއްވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.

ޅޮހި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢުއެވެ.

މީގެ އިތުރުން އެރަށުގެ އައުޑް ޑޯ ޖިމްގެ މަސައްކަތްވެސް ވަނީ ފައްޓަވާ ދެއްވާފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނޫނު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ޅޮއްސަށް ވަޑައިގެން ފައްޓަވާދެއްވާފައިވާ މަޝްރޫއެކެވެ.

ޅޮހި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއެކެވެ.

ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގަައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރާނެއެވެ.

އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.އައ...
24/07/2025

އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗްގެ އޯޕީޑީ ގޭޓް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ ހޮސްޕިޓަލްގެ އޯޕީޑީ ވޯކްވޭގައި މަސައްކަތެއް ކުރުމަށްޓަކައި އޯޕީޑީ ވޯކްވޭ ސަރަހައްދު އެއްކޮށް، ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. އޯޕީޑީ ވޯކްވޭ ސަރަހައްދު ބަންދުކުރާތީ މިރޭ 9:00 އިން ޖުލައި 26 ވާ ހޮނިހިރު ދުވަހުގެ ދަންވަރު 3:00 އާ ހަމައަށް ގެންނަ ބަދަލުތައް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އައިޖީއެމްއެޗްގެ ގޭޓް 1 އާންމުންނަށް ބަންދުކުރާއިރު ހޮސްޕިޓަލަށް ވަނުމަށް ބޭނުން ކުރާނީ އިމަޖެންސީ ގޭޓާއި ސަންސެޓް ކެންޓީން ކައިރި ގޭޓް ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އަދި ޑައިލިސިސް ސެންޓަރަށް އަންނަ މީހުން އެމްއާރްއައި ސެންޓަރަށް ވަދެވޭ ވޯކްވޭ ބޭނުންކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އައިޖީއެމްއެޗްއިން ވިދާޅުވީ، ސްޓްރޯކް ސެންޓަރު އީއެންޓީ ވޯޑްގެ އެޗްޑީޔޫއަށް ބަދަލުކޮށްފައިވާކަމަށެވެ.

އައިޖީއެމްއެޗްއިން އަންނަނީ އެ ހޮސްޕިޓަލްގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި ބައެއް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން އައިޖީއެމްއެޗްގައި މިމަހުގެ 27ދުވަހު އައިނު ފިހާރަ ހުޅުވައި ޚިދުމަތް ދޭން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

Address


Alerts

Be the first to know and let us send you an email when Hiriyaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hiriyaa:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share