Dhenme

Dhenme News & Media I Tabloid I Trending Stories

ދަފްތަރުގައި ރަޖިސްޓަރީވެފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި
15/08/2025

ދަފްތަރުގައި ރަޖިސްޓަރީވެފައިވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

The Most Trustworthy Newswire in the Maldives.

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެ...
15/08/2025

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިންޑިއާގެ 79 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް ފޮނުއްވި މެސެޖުގައި ވަނީ އެ ގައުމުގެ ރައީސް ދްރޫޕަދީ މުރްމޫގެ އިތުރުން ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދުވަހުގެ ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.

އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިސިފަކުރައްވައި އަދި ދެ ގައުމުގެ އިސްވެރިންގެ ދެމެދު ކުރެވޭ މުއާމަލާތްތަކުގެ އިތުރުން ރައްޔިތުންގެ ދެމެދު ކުރެވޭ މުއާމަލާތްތައްވެސް އިހުލާސްތެރިކަމާއިއެކު ބަލައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 54 ވަނަ އަހަރީ ދުވަހާ ގުޅިގެން މާފުށީ ޖަލުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސ...
15/08/2025

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 54 ވަނަ އަހަރީ ދުވަހާ ގުޅިގެން މާފުށީ ޖަލުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ކަރެކްޝަނަލް ސަރވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެކެވެ. އެގޮތުން ގައިދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚާއްސަ ފަރުވާތަކާއި އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމަޢަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ޤައުމީ ޒިންމާއެކެވެ.

ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ދަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދީ މީހުން ބިނާ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަވަމުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ މުހ...
15/08/2025

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާޙު ގެނައުމުގެ ބިލު، ރައީސް ޑރ މުހައްމަދު މުއިއްޒު،ތަސްދީގުކުރައްވައިފި އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ.

ތުރުކީން ހަދިޔާކުރި ބަރުހަތިޔާރުގެ ބިޔަ މަނަވަރު: ރައީސް ޑރ. މުއިއްޒު ދިވެހިންނަށް ހޯއްދަވައި ދެއްވި ވަތަނީ ލޯބީގެ ރަމްޒ...
15/08/2025

ތުރުކީން ހަދިޔާކުރި ބަރުހަތިޔާރުގެ ބިޔަ މަނަވަރު: ރައީސް ޑރ. މުއިއްޒު ދިވެހިންނަށް ހޯއްދަވައި ދެއްވި ވަތަނީ ލޯބީގެ ރަމްޒު!

The Most Trustworthy Newswire in the Maldives.

ކަންސިލުތަކުން ތަޖުރިބާ ހޯދަން ބޭންކޮކަށް ނުދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީގުކުރައްވައިފި
15/08/2025

ކަންސިލުތަކުން ތަޖުރިބާ ހޯދަން ބޭންކޮކަށް ނުދެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙު ރައީސް ތަސްދީގުކުރައްވައިފި

The Most Trustworthy Newswire in the Maldives.

ޕާކިސްތާނުގެ މިނިންވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނަށާއި ރައް...
15/08/2025

ޕާކިސްތާނުގެ މިނިންވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ އިސްވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޤައުމުގެ މިނިވަން ދުވަސް ފާހަގަކުރަމުންދާއިރު، ޕާކިސްތާނުން މިހާތަނަށް ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މުސްތަޤުބަލުގައި ބަަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 14ވަނަ ދުވަހުއެވެ. މިދުވަސް ފާހަކުރަނީ، އޭރު އިންޑިއާ ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިނގިރޭސިން ކުރަމުން އައި ވެރިކަން ނިމި، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވުނު ދުވަހެވެ.

ތަހްގީގަށް ފުލުހުން ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ދި...
15/08/2025

ތަހްގީގަށް ފުލުހުން ހިފެހެއްޓި ފައިސާތަކެއްގެ ތެރެއިން 30 ހާސް ޑޮލަރު ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުން 15 ސެޕްޓެންބަރު 2019 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހްގީގަށް ހިފެހެއްޓި ފައިސާގެ ޖުމްލަ، ހިސާބުގައި ފަރަގެއް ފާހަގަވެ އެމައްސަލަ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުން ދާކަމަށެވެ.

މިކަން ފާހަގަ ކުރެވިފައިވަނީ 13 އޮގަސްޓް 2025 ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ހަލާކުވެފައިވާ ފައިސާވެސް ފެނިފައިވާތީ ފޮރެންސިކް މެދުވެރިކޮށް އެކަންވެސް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މުޅި ބ. އަތޮޅު އޭޓީއެމުން ބަރާ ކޮށް، ހުރިހާ ސުކުރެއް ރައީސަށް ބަރުތީލަ ކޮށްފި
14/08/2025

މުޅި ބ. އަތޮޅު އޭޓީއެމުން ބަރާ ކޮށް، ހުރިހާ ސުކުރެއް ރައީސަށް ބަރުތީލަ ކޮށްފި

The Most Trustworthy Newswire in the Maldives.

މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ އާޓް އެގްޒިބިޝަން "އިޙްސާސް"، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލ...
14/08/2025

މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ އާޓް އެގްޒިބިޝަން "އިޙްސާސް"، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ، ޢަބްދުالله ފާއިޒް، ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށްގެންދާ މަޢުރަޒެކެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

މިމަހުގެ 6 އިން 16 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ފަންސާސް ކުރެހުން ވަނީ ހިމަނާފައެވެ.

ކައުންސިލުތަކުން ބޭންކޮކުންނާއި އެތަން މިތަނުން ތަޖްތިބާ ހޯދަން 13 މިލިޔަން ހޭދަ ކޮށްފައިވޭ: މުސްތަފާ
14/08/2025

ކައުންސިލުތަކުން ބޭންކޮކުންނާއި އެތަން މިތަނުން ތަޖްތިބާ ހޯދަން 13 މިލިޔަން ހޭދަ ކޮށްފައިވޭ: މުސްތަފާ

The Most Trustworthy Newswire in the Maldives.

ވިލާތުގެ ދެކުނުގެ ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތައް ނިއްވައިލުމުގައި ބޮޑެތި ދަތިތަކ...
14/08/2025

ވިލާތުގެ ދެކުނުގެ ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑުތައް ނިއްވައިލުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އެބަދެއެވެ.

ބައެއް ޤައުމުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވާން މެދުވެރިވީ، ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަން، ނުވަތަ ހޮނު އެޅުމުގެ ސަބަބުން ކަން ދެނެގަތުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އަދި، އެ ސަރަޙައްދުގެ ޤައުމުތަކުގެ ފިނިހޫނުމިން އާދަޔާޚިލާފަށް އުފުލުމުގެ އިތުރުން ވައި ބާރުވުމާ ގުޅިގެން އަލިފާންގަނޑުތައް ކޮންޓުރޯލުކޮށް، ނިއްވައިލުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Address


Alerts

Be the first to know and let us send you an email when Dhenme posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dhenme:

Shortcuts

  • Address
  • Alerts
  • Contact The Business
  • Claim ownership or report listing
  • Want your business to be the top-listed Media Company?

Share