Dhenme

Dhenme News & Media I Tabloid I Trending Stories

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލިގެން ތަހުޤީޤު ފަށައިފި
22/11/2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓުތަކެއް ގެއްލިގެން ތަހުޤީޤު ފަށައިފި

The Most Trustworthy Newswire in the Maldives.

2023 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި އަހަރުގެ އޮކްޓޯބަރު މަ...
22/11/2025

2023 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު އެއްބަސްވުމަކަށް ޢަމަލުކުރަން ފެށި ފަހުން ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، ނަމަވެސް އެއީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެތީގެ ހަޤީޤީ މިންވަރަށްވުރެ ބޮޑުތަނުން މަދު ޢަދަދެއް ކަމަށް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ.

ޑަބްލިޔުއެފްޕީގެ ތަރުޖަމާނު މާޓިން ޕެނަރ ވިދާޅުވީ އެއްބަސްވުން ޤާއިމްކުރުމުގެ ކުރިން އޮތް ޙާލަތަށް ވުރެ ޣައްޒާގެ ޙާލަތު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދުޅަ ހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޅ. އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާ ކުރި އާ މިސްކިތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.މިސްކިތެއް ޢިމާރާތްކޮށް،...
22/11/2025

ޅ. އޮޅުވެލިފުށީގައި ހެޔޮ އެދޭ ފަރާތަކުން ބިނާ ކުރި އާ މިސްކިތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.

މިސްކިތެއް ޢިމާރާތްކޮށް، މީސްތަކުންނަށް ނަމާދު ކުރެވޭނެ ގޮތް ފަހިކޮށްދިނުމަކީ ވަރަށް ގިނަ ޘަވާބާއި ދަރުމަ އޭގެ ސަބަބުން ލިބިގެންދާނެ ކަމެކެވެ. އެއީ އިންސާނާ މަރުވެގެން ދިޔުމަށްފަހު ގައި ވެސް ފައިދާކުރުވަނިވި ދެމިހުންނަނިވި ޞަދަޤާތެކެވެ. ސޫރަތުއްތައުބާގެ 18 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަައިގައިވެއެވެ. "اللَّهގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، اللَّهއަށާއި، آخرةދުވަހަށް إيمانވެ، ނަމާދު قائم ކޮށް، زكاةދީ، اللَّهއަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ،އެއުރެންނަކީ، ތެދުމަގު ލިބިގެންވާ މީހުން ކަމުގައިވުން ގާތްބަޔެކެވެ."

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. މާނައަކީ: "ﷲގެ އިސްމުފުޅު ޛިކްރު ކުރުމަށް މިސްކިތެއް ބިނާކޮށްފި މީހަކަށް، އެކަލާންގެ ސުވަރުގޭ ގައި ގަނޑުވަރެއް ތައްޔާރު ކޮށްދެއްވާނެއެވެ."

އިންޑިއާގެ ޓުޓިކޮރިން އިން ހދ. ކުޅުދުއްފުއްޓަށް ދާއިމީ ގޮތެއްގައި މުދާ ގެންދިއުމަށް އެމްޕީއެލް އިން ކުރާ މަސައްކަތްތަކުގ...
22/11/2025

އިންޑިއާގެ ޓުޓިކޮރިން އިން ހދ. ކުޅުދުއްފުއްޓަށް ދާއިމީ ގޮތެއްގައި މުދާ ގެންދިއުމަށް އެމްޕީއެލް އިން ކުރާ މަސައްކަތްތަކުގެ ދަށުން، މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ޕޯޓަށް އިއްޔެ ބަނދަރުކޮށްފި އެވެ.

އެމްޕީއެލުން ބުނީ، ކުޅުދުއްފުށި ބަނދަރަށް ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި "ވީބީ ޕްރޮގްރެސް" ބޯޓު ކަމަށެވެ. އެ ބޯޓުން އެ ސިޓީ އަށް ގެންދިޔައީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި ވަގުތަށް ތާވަލް ކޮށްފައި ވަނީ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް ކޮންމެ މަހަކު އެއް ދަތުރު ކުރާ ގޮތަށެވެ. އެކަމަކު، މުދާ ގެންދާ އަދަދުގެ މައްޗަށް ބަލައި، ދަތުރުތައް އިތުރު ކުރާނެ ކަމަށް ބުންޏެވެ.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ 7 ބިދޭސީއަކު ހައްޔަރުކޮށްފި
21/11/2025

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ 7 ބިދޭސީއަކު ހައްޔަރުކޮށްފި

The Most Trustworthy Newswire in the Maldives.

މަގުހެދުމުގެ 6 މަޝްރޫޢެއް ނިމި އިތުރު 87 މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ...
21/11/2025

މަގުހެދުމުގެ 6 މަޝްރޫޢެއް ނިމި އިތުރު 87 މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާއިން ވިދާޅުވެއްޖެއެވެ.

މަގުހެދުމުގެ ނިމިފައިވާ 6 މަޝްރޫއަކީ ށ. މިލަންދޫ، ރ. އުނގޫފާރު، ގދ.ތިނަދޫ، ޏ. ފުވައްމުލައް (ފޭސް1)، އައްޑޫ ސިޓީ އަދި އައްޑޫ ސިޓީ (އެގްޒީމް އެލްއޯސީ)އެވެ.

އުމްރާނީ ބޮޑެތި މަޝްރޫއުތަކުގެ ތެރެއިން، މަގުތައް ތަރައްގީކުރުމުގެ ވައުދާ އެއްގޮތަށް، މިއަހަރުގެ ފަހުކޮޅު މުޅި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއު ފެށުމަށް ޕްލޭންކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޭތުވެދިޔަ 4 އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓ...
21/11/2025

ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވޭތުވެދިޔަ 4 އަހަރު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން 24.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން މައިގަނޑުގޮތެއްގައި ޚަރަދުކުރަނީ ކާރިސާތަކާއި ގުޅިގެން ލިބޭ ގެއްލުންތަކަށް އެހީ ފޯރުކޮށްދިނުމަށެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ އެންޑީއެމްއޭގެ 2021 ވަނަ އަަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި، ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުމާއި، ގުުދުރަތީގޮތުން ލިބޭ ގެއްލުމަށް އެހީގެ ގޮތުގައި އަމިއްލަ ފަރާތްތަކަށް ޖުމްލަ 24،409،337 (ސައުވީސް މިލިޔަން ހަތަރުލައްކަ ނުވަހާސް ތިންސަތޭކަ ތިރީސް ހަތެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ފިލްމު ކުޅޭ މީހުން އިސްލާމްދީނުގެ ހުދޫދުގައި ކަންކަން ކުރަން ރައީސް އިލްތިމާސްކުރައްވައިފި
21/11/2025

ފިލްމު ކުޅޭ މީހުން އިސްލާމްދީނުގެ ހުދޫދުގައި ކަންކަން ކުރަން ރައީސް އިލްތިމާސްކުރައްވައިފި

The Most Trustworthy Newswire in the Maldives.

މިނިސްޓަރ އަބުދުﷲ ނާސިރުގެ މަންމާފުޅު ޖަނާޒާ މަގްރިބު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި.
21/11/2025

މިނިސްޓަރ އަބުދުﷲ ނާސިރުގެ މަންމާފުޅު ޖަނާޒާ މަގްރިބު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފި.

މިނިސްޓަރ ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިއާ ވިދާޅުވެއްޖެ
21/11/2025

މިނިސްޓަރ ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިއާ ވިދާޅުވެއްޖެ

The Most Trustworthy Newswire in the Maldives.

އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ކޯފާ އަންނާނެކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެ...
21/11/2025

އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ކޯފާ އަންނާނެކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދު ހުކުރު ޚުޠުބާގެ މައުޟޫއަކީ ނަމާދު އެޅުމުގެ ނުރައްކާތެރިކަމެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދުކަމަށެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް ކަމުގައި ޚުޠުބާގައި ވިދާޅުވިއެވެ.

ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ހުޅުވާލައިފި
21/11/2025

ބޮޑުތިލަދުންމަތީގެ 13 ފަޅެއްގައި ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ހުޅުވާލައިފި

The Most Trustworthy Newswire in the Maldives.

Address

Sydney, NSW

Alerts

Be the first to know and let us send you an email when Dhenme posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dhenme:

Share