14/08/2026
ދިވެހިރާއްޖޭގެ ޤައުމީ ދުވަސް
މިއަދަކީ، މީލާދީން 1573 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމާއި، އެމަނިކުފާނުގެ އަޚުންނާއި އެހީތެރިން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި މަތިވެރި ޒިކުރާ އާކުރާ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހެވެ.
ކޮންމެ އަހަރަކު މި ދުވަސް ފާހަގަކުރަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަލުން އިޢާދަކުރުމަށްޓަކައި އެ ބަތަލުން ދެއްކެވި ހިތްވަރާއި، ވެވަޑައިގަތް މަތިވެރި ޤުރުބާނީގެ އަގުވަޒަންކޮށް، އެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.