Hulhudhuffaaru Online

Hulhudhuffaaru Online “If we can’t say what we think under our roof, then we have no roof”
-Andre Aciman-

26/01/2023
30/07/2021
30/07/2021

30/07/2021

   30/07/2021
30/07/2021


30/07/2021

އެންމެހާ ފަރާތް ތަކަށް ކެތްތެރިކަން ދެއްވަވާ އަދި ބަލި ހާލުގައި ވާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމ...
11/05/2021

އެންމެހާ ފަރާތް ތަކަށް ކެތްތެރިކަން ދެއްވަވާ އަދި ބަލި ހާލުގައި ވާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީންް

ނަރުހެއް ފައްސިވެ، ހުޅުދުއްފާރު ނާޒުކު ޙާލަތެއްގައި

https://faaru.mv/articles/51

"Stop for a moment, reflect, and take this year’s Ramadan seriously for the sake of our own salvation." -DR Bilal philip...
12/04/2021

"Stop for a moment, reflect, and take this year’s Ramadan seriously for the sake of our own salvation." -DR Bilal philips-
رمضان مبارك

11/04/2021

މި ދައުރަށްް އަލަށް ހޮވުން ހުރިހާ ކައުންސިލަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އުންމީދަކީ ރަށު ތަރައްގީއައް ކުރަން ޖެހޭ ކޮންމެ ކަމެއްގައި ވެސް ފަސް ނުޖެހި ގިނަ ކަންތައްތަކެއް ރަށަށް ކޮށްދޭނެ ކަމަށެވެ.

09/04/2021

Libifaivaa mi furusathuge beynun enme heyo gothuga hifumahtakaa moonah, party ah kulayakah nubalaa enme gaaabil meehaa ah vote dhemaa.. Tharahgy aky waki kulayakun nuvatha vaki party akun kureveyne kameh nunkan thareeehun othy fennan.. mifaharu heyo badhalakah eba jehey visnan.. GOI NINMAANY RAYYITHUN..

24/03/2021
މި ދަތި އުނދަގޫ ދުވަސް ތަކުގަ ހުރިހާ ރައްޔިތުންނައް ކެތްތެރިކަން ދެއްވާށި. އާމީން. މިކަމުން އަރައި ގަތުމައް އެއްބާރުލުން...
24/03/2021

މި ދަތި އުނދަގޫ ދުވަސް ތަކުގަ ހުރިހާ ރައްޔިތުންނައް ކެތްތެރިކަން ދެއްވާށި. އާމީން. މިކަމުން އަރައި ގަތުމައް އެއްބާރުލުން ދޭން ޖެހޭ ފަރާތް ތަކައް އެއްބާރުލުން ދީ ފަރުދީ ޒިންމާ އަދާ ކުރައްވާ.


📷:  fayerx
01/03/2021

📷: fayerx

Best of luck
09/12/2020

Best of luck

Rivalry continues. Final of HSC Futsal Cup 2020!

Shicargo SC vs Hurricane FC

🗓 Thursday, 10 December 2020
📍Hulhudhuffaaru Futsal Ground

Best of luck to both teams 👏👏

27/11/2020
16/11/2020

ޚާލިދު އިބުނު އަލް ވަލީދު ރިވާކުރެއްވިއެވެ.

އަރަބިކަރައިގެ ސަހަރާތަކުގައި ހުއިހެއްޕުމުގެ މަސައްކަތްކުރަމުން އައި މީހަކު ރަސޫލާ (ﷺ )ގެ އަރިހަށްއައިސް، އެކަލޭނގެފާނުގެ އަރިހުގައި ދެންނެވިއެވެ.

"އޭ ﷲ ގެ ރަސޫލާއެވެ ! ތިމަންނާ މިއައީ ދުނިޔެއާއި އާޚިރަތާބެހޭ ބައެއް ސުވާލު ކަލޭގެފާނުގެ އަރިހުގައި ދެންނެވުމަށެވެ."

ދެން އޭނާ ބޭނުން ސުވާލެއްކުރުމަށް އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ.

ހުއިހައްޕާމީހާ: "މީސްތަކުންގެ ތެރެއިންވާ އެންމެ ޢިލްމުވެރިމީހާއަށްވާން ތިމަންނާ ބޭނުމެވެ."

އެކަލޭގެފާނު ާ (ﷺ) ޙަދީޘްކުރެއްވިއެވެ. " ﷲ އަށް ބިރުވެތިވާށެވެ. އޭރުން، މީސްތަކުންގެ ތެރެއިންވާ އެންމެ ޢިލްމުވެރި މީހާއަށް ތިބާވާނެއެވެ. "

ހުއިހައްޕާމީހާ: "މީސްތަކުންގެ ތެރެއިންވާ އެންމެ މުއްސަނދިމީހާއަށް ތިމަންނާވާން ބޭނުމެވެ. "

ދެން އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ތިބާއަށް ލިބޭމިންވަރަށް ޝުކުރުވެރިވެ ކަންކަމުގައި ކެތްތެރިވާށެވެ. އޭރުން، އެންމެ ތަނަވަސްމީހާއަށް ތިބާވެގެންދާނެއެވެ."

ހުއިހައްޕާމީހާ: "ތިމަންނާ ބޭނުމީ މީސްތަކުންގެ ތެރެއިންވާ އެންމެ އިންސާފުވެރިމީހާއަށްވާށެވެ. "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ތިބާއަށް ލިބުމަށްއެދޭ ކަންތައްތައް އެހެންމީހުންނަށްވެސް ލިބުމަށް އެދޭށެވެ. އޭރުން، އެންމެ އިންސާފުވެރިމީހާއަށް ތިބާ ވެގެންދާނެއެވެ. "

ހުއިހައްޕާމީހާ: " މީސްތަކުންގެ ތެރެއިންވާ އެންމެ ރަނގަޅުމީހާއަށްވާން ތިމަންނާ ބޭނުމެވެ. "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " މީހުންނަށް ހެޔޮކޮށްހިތާށެވެ. އޭރުން، މީސްތަކުންގެ ތެރެއިންވާ އެންމެ ރަނގަޅުމީހާއަށް ތިބާވާނެއެވެ. "

ހުއިހައްޕާމީހާ : " ތިމަންނާ ބޭނުންވަނީ މީސްތަކުންގެ ތެރެއިން އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހާއަށްވާށެވެ "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " އެކަލާނގެއަށް ތަޢުރީފުކޮށް ޒިކުރުކުރުމުގައި ގިނަވަގުތު ހޭދަކުރާށެވެ. އޭރުން އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ މީހުންގެތެރެއިން ތިބާވާނެތެވެ. "

ހުއިހައްޕާމީހާ : " އަހަރެންގެ އީމާންތެރިކަން ފުރިހަމަކުރަންބޭނުމެވެ. "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ތިބާގެ ގައިގައި ރަނގަޅު އަޚުލާޤު ހުރެއްޖެނަމަ ތިބާގެ އީމާންތެރިކަން ފުރިހަމަވީއެވެ. "

ހުއިހައްޕާމީހާ : " ހެޔޮ ޢަމަލުކުރާ މީހުންގެ ތެރެއިންވާ މީހަކަށް ތިމަންނާވާން ބޭނުމެވެ. "

އެކަލޭގެފާނު ާ (ﷺ) ޙަދީޘްކުރެއްވިއެވެ. " ﷲ ޞުބްޙާނަހޫ ވަޠަޢާލާ ތިބާއަށް ފެންނަފަދައިން އެކަލާނގެދެކެ ތިބާ ލޯބިވާށެވެ. އަދި ތިބާއަށް އެކަލާނގެ ނުފެނުނެއްކަމަކު، އެކަލާނގެއަށް ތިބާ ފެންނާނެކަން ހަނދާންކުރާށެވެ. އޭރުން ހެޔޮ ޢަމަލުކުރާ މީހުންގެތެރެއިން ތިބާވާނެތެވެ. "

ހުއިހައްޕާމީހާ : " ﷲއަށް ކިޔަމަންތެރިވާ މީހަކަށްވާން ތިމަންނާ ބޭނުމެވެ. "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " އެކަލާނގެ އަމުރުފުޅުތަކަށް ތިބާ ބޯލަބާނަމަ ކިޔަމްތެރިމީހަކަށް ތިބާވާނެތެވެ. "

ހުއިހައްޕާމީހާ : " ޤިޔާމަތް ދުވަހު އަލިކަމުގެތެރެއަށް އުފުލިގެންދާ މީހަކަށް ތިމަންނާ ވާން ބޭނުމެވެ. "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ތިބާގެ އަމިށްލަ ނަފްސަށާއި އެހެން އެއްވެސް ފަރާތަކަށް އޮޅުވާލައި ނުބައިކޮށް ނުހިތާށެވެ. އޭރުން ޤިޔާމަތްދުވަހު އަލިކަމުގެ ތެރެއަށް ތިބާ އުފުލިގެންދާނެތެވެ. "

ރަސޫލް (ﷺ) ޖަވާބުދާރީވަމުންދާވަރަކަށް، ހުއިހައްޕާމީހާ އެކަލޭގެފާނާ ސުވާލުކުރައްވަމުންގެންދިއައެވެ.

އަނެއްކާވެސް ހުއިހައްޕާމީހާ ބުންޏެވެ. " ތިމަންނާގެ ފާފަތައް މަދުވެގެންދާނީ ކިހިނަކުންހެއްޔެވެ ؟ "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ގިނަގިނައިން ﷲގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި ދުޢާކުރާށެވެ. އޭރުން ތިބާއަށް ކުރެވިފައިވާ ފާފަތައް މަދުވެގެންދާނެތެވެ."

ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ ޤަދަރުވެރިމީހާއަށް ތިމަންނާވާނީ ކިހިނަކުންހެއްޔެވެ ؟ "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ޝަކުވާކުރުން މަދުކުރާށެވެ. އޭރުން ޤަދަރުލިބިގެންވާ މީހަކަށް ތިބާވާނެތެވެ. "

ހުއިހައްޕާމީހާ : " މީސްތަކުންގެ ތެރެއިންވާ އެންމެ ވަރުގަދަމީހާއަށްވާން ތިމަންނާ ބެނުމެވެ. "

އެކަލޭގެފާނު (ﷺ) ޙަދީޘްކުރެއްވިއެވެ. " ﷲ އަށް ތިބާ އިތުބާރުކުރާކަމުގައިވަނީނަމަ މީސްތަކުންގެތެރެއިންވާ އެންމެ ވަރުގަދަމީހާއަށް ތިބާވާނެތެވެ. "

15/11/2020

ތިޔަފެނިވަޑައިގަންނަވަނީ  ހުޅުދުއްފާރުގައި  މީހުން  ވަޅުލުމަށް  ޙާއްސަ  ކޮށްފައިވާ  ގަބުރުސްތާނުގެ  ދޮރު. މިނޫން  ގޮތަކަ...
13/11/2020

ތިޔަފެނިވަޑައިގަންނަވަނީ ހުޅުދުއްފާރުގައި މީހުން ވަޅުލުމަށް ޙާއްސަ ކޮށްފައިވާ ގަބުރުސްތާނުގެ ދޮރު. މިނޫން ގޮތަކަށް މިތަން ހުނަްނަ ހަނދާން ހުރި ފަރާތެއް އެބަހުރިތޯ.؟ 😥

 Secretariat Of Hulhudhuffaaru Council
10/11/2020


Secretariat Of Hulhudhuffaaru Council

ހުޅުދުއްފާރުގައި  އައުޓްޑޯރ  ޖިމް  އަށް  ބޭނުންވާ  ސާމާނު  ގެނެސް  އިންސްޓޯލް  ކުރުމަށް  ބަޔަކާ  ހަވާލުކޮށްފި. އުއްމީދަކ...
09/11/2020

ހުޅުދުއްފާރުގައި އައުޓްޑޯރ ޖިމް އަށް ބޭނުންވާ ސާމާނު ގެނެސް އިންސްޓޯލް ކުރުމަށް ބަޔަކާ ހަވާލުކޮށްފި. އުއްމީދަކީ ވީހާވެސް އަވަހަކަށް މިތަނުގެ ބޭނުން ރައްޔިތުންނަށް ހިފިގެންދިޔުން.

Address

Bodu Thakurufaanu Magu
Male
HULHUDHUFFAARU

Website

Alerts

Be the first to know and let us send you an email when Hulhudhuffaaru Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hulhudhuffaaru Online:

Share