
30/06/2024
ރައްޔިތުންގެ ޓެކްސް ފައިސާއިން، މުއިއްޒުގެ ކެބިނެޓްގެ 4 މިނިސްޓަރަކު އެއްފަހަރާ ޗައިނާއަށް ގޮސް، އެއްވެސް ކަމެއް ނުވެގެން އުޅެނިކޮށް، އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވަޑައިގެން ޗައިނާގެ ރައީސް އާއި ބައްދަލު ކުރުމުން، މުއިއްޒު އެކަމާއި ހިތްހަމަނުޖެހި ރައީސް އޮފީސްތެރެ ހޫނުވެއްޖެ.
ޗައިނާ އާއި މި ސަރުކާރު މާ ގާތްކަމަށް ދައްކައިގެން މުއިއްޒު އުޅެނިކޮށް މިކަން ހިނގުމުން، ރައްޔިތުންގެ ކުރިމަތީގައި ސަރުކާރާއި، ތިމަންނަގެ އަގު ވައްޓާލާފި ކަމަށް ސައީދު އަށް އަމާޒު ކޮށް މުއިއްޒު ވަނީ ބުނެފައި. ސައީދު ޔަގީން ކަން ދިން އެއްވެސް ލޯނެއް އަދި އެހީއެއް 7 މަސްވީއިރު ޗައިނާއިން ހަމަ ނުޖެހުނު މައްސަލަވެސް ރައީސް އޮފީހުގައި ދަނީ ދައުރު ވަމުން.