11/04/2024
ދިރޭތަކެތީގެ މައުލޫމާތު ފޯރުކޮށްދިނުމަށް ފެށުނު މަސައްކަތުގެ ފުރަތަަމަ ވެބްސައިޓްގެ މަސައްކަތް މިވަނީ ފަށައިގަނެވިފައެވެ. މި ސައިޓްގައި ހިމެނޭނީ އަޅުގަނޑު ނަގާފައި ހުރި ފޮޓޯއެވެ. އަދި މައުލޫމާތު އެއްކޮށް ލިޔެވިފައިވާނެއެވެ.
އަދި އެކި ފަރާތްތަކަށް ކޮންޓްރިބިއުޓް ކުރެވޭ ގިނަ ބަޔަކު ބައިވެރިވާ ގޮތައް ހަދާ އިތުރު ވެބްސައިޓެއް މިކަމައް މި ދަނީ ހަދަމުންނެވެ.
މި ސައިޓްގައި ކޮންމެ ދިރުމެއްގެ ފޮޓޯ ރަނގަޅަށް ހިމެނިފައިވާނެއެވެ.
https://wildscapes.info
މިފަދަ މަސައްކަތެއް ކުރުމަށް އަޅުގަނޑަށްވުރެ މާ ގާބިލު މީހުން ތިބެދާނެއެވެ. އެހެންނަމަވެސް އަބަދުވެސް މިކަމަށް ހުންނަ ޝައުގުވެރިކަމަކާއި އެކު އިލްމީ މައުލޫމާތުތަކެއްގެ ގޮތުގައި ބަޔަކަށް ބޭނުން ހިފޭނެ ކަމަށް އުންމީދުކޮށް މި މަސައްކަތް ކުރަމެވެ.