Dhon’amaa

Dhon’amaa We prioritise source protection to responsible journalism, striving to uncover the truth.

މިނިސްޓަރ މުއްތަލިބަށް މުސާރައިގެ ގޮތުގައި ލިބުނު ފައިސާއިން އެބޭފުޅާގެ ބޭބޭފުޅު އަލީ މުއްތަލިބުގެ ނަމުގައި ހުޅުމާލެއިން...
04/09/2026

މިނިސްޓަރ މުއްތަލިބަށް މުސާރައިގެ ގޮތުގައި ލިބުނު ފައިސާއިން އެބޭފުޅާގެ ބޭބޭފުޅު އަލީ މުއްތަލިބުގެ ނަމުގައި ހުޅުމާލެއިން 1316 އަކަފޫޓުގެ ބިމެއް 7 މިލިއަން ރުފިޔާއަށް ބައްލަވައިގެންފި.

މަރުހަބާ މިނިސްޓަރ. ދިވެހި ރައްޔިތުން ގަރުދިޔައަށް ތިރިވެލައިގެން ފަތިހު ހޭލާ ތިބީ ޓެމޫ އޯޑަރެއް ޖެހޭތޯ.

ރިޒޯޓު އާމްދަނީގެ %40 ސަރުކާރަށް މާރުކުރަން އެންގުމަށްފަހު ރިޒޯޓުތަކުގެ މަހުޖަނުން ހިތްހަމަޖައްސައިދޭން، މުވައްޒަފުންނަށ...
28/08/2026

ރިޒޯޓު އާމްދަނީގެ %40 ސަރުކާރަށް މާރުކުރަން އެންގުމަށްފަހު ރިޒޯޓުތަކުގެ މަހުޖަނުން ހިތްހަމަޖައްސައިދޭން، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ރުފިޔާއިން ދެއްކޭ ގޮތަށް ގާނޫނު ބަދަލުކޮށްދޭނެކަމަށް ސަރުކާރުން މަޓީ މެދުވެރިކޮށް ރިޒޯޓު ވެރިންނަށް އަންގައިފި.

ޕާސްޕޯޓް ފޮތް ޕްރިންޓު ކުރުމުގެ 40 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓްގައި ކޮމިޝަން ބަހާނެ ގޮތަކާމެދު މިނިސްޓަރުން ހިފަހިފައި...
27/08/2026

ޕާސްޕޯޓް ފޮތް ޕްރިންޓު ކުރުމުގެ 40 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓްގައި ކޮމިޝަން ބަހާނެ ގޮތަކާމެދު މިނިސްޓަރުން ހިފަހިފައި ތިއްބައި ކޮންޓްރެކްޓް ހަވާލު ނުކުރެވި، ރާއްޖޭގައި ހުރި ނަން-އިލެކްޓްރޯނިކް ޕާސްޕޯޓް ފޮތްތަކުގެ އަދަދު 350 އަށް ވެއްޓިއްޖެ. އިލެކްޓްރޯނިކް ޕާސްޕޯޓުތައް މާކުރިން ހުސްވެއްޖެ. މިއީ ދިގު މުއްދަތުގެ ޕާސްޕޯޓް ޕްރިންޓް ކުރުމުގެ އެއްބަސްވުމެއް.

ކޮމިޝަނާއި ރިޝްވަތު ނަގާނެ ގޮތަކަށް ނަންގަވައިގެން ވިޔަސް ދިވެހިންނަށް ޕާސްޕޯޓް ލިބޭނެގޮތް ހައްދަވައިދެއްވާ. ސާޖިދާގެ އެންމެ ކޯލަކުން މިކަން ނިމޭނެ.

ޕީއެންސީ މެޖޯރިޓީ މަޖިލީހުން، ކުރިން 1 މިލިއަނާ ހަމައަށް އޮތް މަޖިލިސް މެންބަރުންނާއި އަނބިދަރިންގެ އިންޝުއަރެންސް 1.35 ...
17/08/2026

ޕީއެންސީ މެޖޯރިޓީ މަޖިލީހުން، ކުރިން 1 މިލިއަނާ ހަމައަށް އޮތް މަޖިލިސް މެންބަރުންނާއި އަނބިދަރިންގެ އިންޝުއަރެންސް 1.35 މިލިއަނަށް ޖައްސައި، ޔޫއޭއީ އާއި ތުރުކީ އާއި އޮމާނަށްވެސް ދެވޭގޮތަށް ކަވަރޭޖް ބޮޑުކޮށްފި. މީގެ ކުރިންވެސް ސިންގަޕޫރު، މެލޭޝިއާ، ތައިލެންޑް، ފިލިޕީންސް އަދި އެތައް ގައުމެއްގެ އެންމެ އަގުބޮޑު ޕްރައިވެޓް ހޮސްޕިޓަލްތަކުން ރައްޔިތުން ފެލައިގެން ހަރަދު ކުރެވޭ.

ނި ނުބައި ނުލަފާ ސަރުކާރު މިދަނީ އާންމު ނިކަމެތިން ވަޒީފާތަކުން ކަނޑަމުން ޕީއެންސީ ވެރިންގެ ޖީބު ބޮޑުކުރަމުން.

‏ހޫތީންނަށް ހަމަލާދީ މަރަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެ، ދިވެހި ސިފައިން ހަތިޔާރާއެކީ ފޮނުވަން ...
11/08/2026

‏ހޫތީންނަށް ހަމަލާދީ މަރަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވެ، ދިވެހި ސިފައިން ހަތިޔާރާއެކީ ފޮނުވަން ކެބިނެޓުން ފާސްކޮށް، ރުހުން ހޯދަން މަޖިލީހަށް

އެޗްޑީސީ އިން އަމިއްލައަށް ހެދި އިވަލުއޭޝަނަށްވުރެ އިތުރަށް 3 މިލިއަން ޑޮލަރު، ރަސްމާލެ ހިއްކަން ހަވާލުކުރި ޗައިނާގެ ސީއ...
10/08/2026

އެޗްޑީސީ އިން އަމިއްލައަށް ހެދި އިވަލުއޭޝަނަށްވުރެ އިތުރަށް 3 މިލިއަން ޑޮލަރު، ރަސްމާލެ ހިއްކަން ހަވާލުކުރި ޗައިނާގެ ސީއާރުސީސީ ހާބާ އެންޑް ޗެނަލް އިންޖިނިއަރިންއަށް ދައްކަން އެޗްޑީސީ އިން ނިންމައިފި. މި ކުންފުނިން އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ.

މިވަރަށް ދައުލަތުގެ ތިޖޫރީ ނޮޅާލީމަ އާންމު ރައްޔިތުންނަށް ލިބެންޖެހޭ ޑޮލަރެއް ނުދެވޭނެ.

އިއްޒަތްތެރި މެންބަރުންގެ އިންޝުއަރެންސް ކުޑަވެގެން އިންޝުއަރެންސް ބޮޑުކުރަން ބާއްވާ ކޮމިޓީ ސިއްރުކޮށްފި. މިކަން ސިއްރު ...
10/08/2026

އިއްޒަތްތެރި މެންބަރުންގެ އިންޝުއަރެންސް ކުޑަވެގެން އިންޝުއަރެންސް ބޮޑުކުރަން ބާއްވާ ކޮމިޓީ ސިއްރުކޮށްފި. މިކަން ސިއްރު ކުރަން ހުށަހެޅީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ). އަދި ތާއީދު ކުރީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު. ޕީއެންސީ މެޖޯރިޓީ ކޮމިޓީއިން ވަނީ މިކަން ފާސްކޮށްފައި.

މީގެ ކުރިން މަޖިލީހުގެ ޕީއެންސީ މެންބަރުން ވަނީ އިންޝުއަރެންސް ކުޑަވެ ބޭސްފަރުވާ ކުރެވޭ ގައުމުތައް މަދުވެގެން ވަރަށް ބޮޑަށް އަޑުއުފުލާފައި. މިހާރުވެސް މެންބަރުންނަށް ސިންގަޕޫރާއި ތައިލެންޑާއި މެލޭޝިއާއާއި މުޅި އާސިއާނުން ހިލޭ ބޭސްފަރުވާ ހަމަޖައްސައިދީފައިވޭ.

ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލުމުގެ މަޝްވަރާތައް މިނިސްޓަރ ސައީދު އިސްވެހުރެ ފައްޓަވައިފި.
04/08/2026

ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލުމުގެ މަޝްވަރާތައް މިނިސްޓަރ ސައީދު އިސްވެހުރެ ފައްޓަވައިފި.

ސިންގަޕޫރާއި ތައިލެންޑާއި މެލޭޝިއާއާއި މުޅި އާސިއާނުން ހިލޭ ބޭސްފަރުވާ ހަމަޖައްސައިދީފައި ތިބި އިއްޒަތްތެރި މެންބަރުންގެ...
04/08/2026

ސިންގަޕޫރާއި ތައިލެންޑާއި މެލޭޝިއާއާއި މުޅި އާސިއާނުން ހިލޭ ބޭސްފަރުވާ ހަމަޖައްސައިދީފައި ތިބި އިއްޒަތްތެރި މެންބަރުންގެ ހެލްތު އިންޝުއަރެންސް އަދިވެސް ކުޑަކަމަށްބުނެ އެކަމާ ސުވާލު ކުރަން އެލައިޑް އިންޝުއަރެންސް ކުންފުނި މަޖިލީހަށް ހާޒިރުކުރަން މަޖިލީހުގެ ޕީއެންސީ މެޖޯރިޓީ އާންމު ކޮމިޓީއިން ނިންމައިފި.

އިއްޒަތްތެރި މެންބަރުންގެ އިންޝުއަރެންސް ކުޑަކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ (އައިބީ) އާއި ކޮމިޓީގެ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދު.

ފަތިސް ނަމާދުން ފައިބައިގެން އައިސް ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން މުއިއްޒު ސްޕީޑްގައި ނިންމެވި އަމީ...
03/08/2026

ފަތިސް ނަމާދުން ފައިބައިގެން އައިސް ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން މުއިއްޒު ސްޕީޑްގައި ނިންމެވި އަމީނީ މަގުގެ ސެގްމަންޓް 2 އަހަރުތެރޭ މުއިއްޒުވެ އަލުން ތަޅާލައި ތާރު އަޅަން ފަށައިފި.

Address

Malé
Male

Alerts

Be the first to know and let us send you an email when Dhon’amaa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dhon’amaa:

Shortcuts

Share