19/09/2026
އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޝަރުތުތަކެއް ގަތަރު މެދުވެރިކޮށް އެމެރިކާއަށް ފޮނުވާފައިވާ ކަމަަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރެޒާއީ ވިދާޅުވެއްޖެ.
ރެޒާއީ އަލްޖަޒީރާއަށް ވިދާޅުވީ، ގަތަރާއި ޕާކިސްތާނުގެ މެދުވެރިންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެމެރިކާއެކު މަޝްވަރާގެ މޭޒަށް ދިއުމަށް އީރާނުން ބޭނުންވާ ޝަރުތުތައް އެ ފަރާތްތަކާ ހިއްސާކޮށްފައިވާނޭ ކަމަށް.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކަކީ ހުރިހާ ހަމަލާތަކެއް ހުއްޓުވުމާއި، ފްރީޒްކޮށްފައިވާ އެސެޓްތައް ދޫކޮށްލުމާއި، ކަނޑުގެ ސިފައިންގެ ބްލޮކޭޑް ނިމުމަކަށް ގެނައުން.
އިތުރަށް ކިޔާލަން:
https://vaguthu.mv