01/01/2026
ގދ. މަޑަވެލީގެ އުތުރުކޮޅު ޗަސްބިން ސަރަޙައްދުގައި ހައްދާފައިވާ ހުރިހާ ކަނޑޫ ގަސްތަކެއް މިއަދުގެ ވަގުތެއްގައި ވަނީ ކޮށާލާފައެވެ. މި ކަމަކީ ގދ. މަޑަވެލީ ކައުންސިލުން މިހާރު ސަރުކާރަށް ހުށަހަޅައިގެން އުޅޭ ބިން ހިއްކުމުގެ ޕްރޮޖެކްޓްގައި މިތަން ހިމެނޭހެން ހިއްކާ، މިތަނާއި ގުޅިފައިވާ އެންމެހާ ކުޅި އަދި ޗަސްބިން ހިމެނޭ ހުރިހާ ތަނެއް ހިއްކުމުގެ ބޭނުމުގައި މިތަން ހިމާޔަތް ކުރަން ރަށުގެ ޒުވާނުންތަކެއް ކުރަމުންދާ މަސައްކަތް ހުއްޓުވުމުގެ ބޭނުމުގައި ހިންގާފައިވާ ނާތަހުޒީބު ފިނޑި އަމަލެކެވެ. މި ޕޭޖުން މިކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.