Dhivehi

Dhivehi Dhivehi brings you the documentary updates and more

ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ ވޯލްޑް ކަޕް ތާރީހުގައި ވަކިވަކި ހަ އެޑިޝަނެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ...
25/06/2026

ކްރިސްޓިއާނޯ ރޮނާލްޑޯ މިވަނީ ވޯލްޑް ކަޕް ތާރީހުގައި ވަކިވަކި ހަ އެޑިޝަނެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ މަގާމު ހޯދައި، ތާރީޚީ ރެކޯޑެއް ގާއިމްކޮށްފައެވެ.

މެޗުގެ 6 ވަނަ މިނެޓުގައި ޖެހި ފުރަތަމަ ގޯލުން، 2006 ވަނަ އަހަރުން ފެށިގެން ވަކިވަކި ހަ ވޯލްޑް ކަޕެއްގައި ގޯލު ޖަހައި، ވޯލްޑް ކަޕް ތާރީހުގައި އާ ބެންޗްމާކެއް ގާއިމްކުރީ އަންގާރަ ދުވަހު ހުސްޓަންގައި އުޒްބެކިސްތާން އަތުން 5-0 އިން މޮޅުވި މެޗުންނެވެ.

އަދި އޭނާވަނީ މުބާރާތުގައި ޕޯޗުގަލްގެ ތާރީހުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ސާފުކޮށް ހޯދާ، ޔޫސެބިއޯއަށް ވުރެ ކުރިއަށް ޖެހިލާފައެވެ.

ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.މި ފަހަރުގެ ވ...
23/06/2026

ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.

މި ފަހަރުގެ ވޯލްޑްކަޕަށް އާޖެންޓީނާ ނުކުތް އިރު މެސީ އޮތީ ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ތިންވަނަ ކުޅުންތެރިޔާގެ ގޮތުގައެވެ.

ވޯލްޑްކަޕްވައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ މަގާމު މެސީ ހޯދީ މިއަހަރުގެ މުބާރާތުގައި އާޖެންޓިނާ ކުޅުނު ފުރަތަމަ މެޗްގައި އަލްޖީރިޔާ ކޮޅަށް ތިން ލަނޑު ޖަހާ ހެޓްރިކް ހެދުމަށްފަހު ދެވަނަ މެޗުގައި ޖެހި ގޯލާއިއެކުއެވެ.

ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖެހިކަމުގެ ރެކޯޑް އޮތީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭއާގެ އަތުގައެވެ. އޭނާވެސް ވޯލްޑްކަޕްގައި 16 ގޯލު ޖަހާފައެވެ.

ކުލަގަދަ ހަރަކާތްތަކަކާއެކު ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.މުބާރާތް ފަށާ މެޗުގައި މެކްސިކޯ...
11/06/2026

ކުލަގަދަ ހަރަކާތްތަކަކާއެކު ފީފާ ވޯލްޑް ކަޕް 2026 ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މުބާރާތް ފަށާ މެޗުގައި މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރިއިރު، މި މެޗުގެ ކުރިން މެކްސިކޯ ސިޓީ ސްޓޭޑިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތް ބާއްވާ ގައުމެއްގެ ހަސިއްޔަތުން މެކްސިކޯ ސިޓީގެ ފަރާތުން ކުޅިބަލަން އައި ފަރާތްތަކަށް މަރުހަބާ ކިޔާފައިވަނީ، ފީފާގެ އެމްބެސަޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މެކްސިކޯއަށް އުފަން އެމެރިކާގެ ފިލްމީ ތަރި، ޑިރެކްޓަރ އަދި ޕްރޮޑިއުސަރ ސަލްމާ ހަޔެކް ޕިނޯލްޓެވެ. މިހަރަކާތުގައި މެކްސިކޯގެ ސަގާފަތް ދައްކުވައިދީފައިވާއިރު، ވޯލްޑް ކަޕާއި ގުޅުންހުރި ތަފާތު މެސެޖުތަކެއް ދެމުންދިޔައެވެ.

މިފަހަރު އީދުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދީ އިހަވަންދޫ ފަރި ދޫނިތަކެއްފަދަ ނަލަ ކަނބުލޮތައް ގެނެސްދިން އީދުގެ ފަރި ހ...
28/05/2026

މިފަހަރު އީދުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދީ އިހަވަންދޫ ފަރި ދޫނިތަކެއްފަދަ ނަލަ ކަނބުލޮތައް ގެނެސްދިން އީދުގެ ފަރި ހަރަކާތްތަކުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އީދު ކުލަ ގަދަކޮށް ފާހަގަ ކުރަމުން އައްނަ އިރު އެންމެ މަގުބޫލުކަން ހޯދަން ހުރިހާ ރަށަކުންވެސް ވަރަށް ވާދަވެރި ކަމާ ޖޯށާއި ފޯރީގައި އެކިއެކި ހަރަކާތްތައް ރާވާ ދައްކާލައެވެ.

ކޮލިޓީ ކޮފީ އީޖާދު ކޮށް، އަޖުމަ ބަލާ، ކޮފީއަށް ލޯބި ކުރާ މީހުނަށް އުފާވެރި ހަބަރެއް ކަމުގައި ޗައިނާގެ ކޮފީ ބީންސް ދިރާސާ...
22/04/2026

ކޮލިޓީ ކޮފީ އީޖާދު ކޮށް، އަޖުމަ ބަލާ، ކޮފީއަށް ލޯބި ކުރާ މީހުނަށް އުފާވެރި ހަބަރެއް ކަމުގައި ޗައިނާގެ ކޮފީ ބީންސް ދިރާސާކުރާ ސައިންސްވެރިންގެ ހޯދުންތައް ވެގެން ދާނެ އެވެ.

ޗައިނާގެ ޔުނާންގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮފީ ޗެރީގެ ތެރޭގައި ގުދުރަތީ ގޮތުން އުފެދޭ ފަންގަސްތަކަކީ ކޮފީގެ ރަހަ ވަރަށް ބޮޑަށް އިތުރުކޮށްދޭ އެއްޗެކެވެ. އެންމެ ތިއްކަކުން ފޮނިކަން ރަނގަޅުކޮށް، ވެނީލާ އާއި ސިނަމޮން ނޯޓް އިތުރުކޮށްލުމުން ، ތަށީގެ ކޮލިޓީ 80 ޕަސެންޓަށް ކޮފީ ތަށީގެ ކޮލެޓީ އުފުލި “ސްޕެޝަލިޓީ ކޮފީ” ގެ ދަރަޖައަށް ކޮފީގެ ކޮލިޓީ އުފުލިގެން ދެއެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި މައިކްރޯބްތައް ގުދުރަތީ ފަރުމަންޓޭޝަން ސިސްޓަމްތަކެއް ފަދައިން އަމަލުކޮށް، ސަގާފީ ގޮތްތަކަށް ވުރެ މާ ފައިދާހުރި ގޮތެއްގައި އެރޯމާ ކޮމްޕައުންޑްތައް ބޫސްޓް ކުރެ އެވެ. މި ހޯދުމަކީ ސްޓޭންޑަޑައިޒްޑް ފަރުމަންޓޭޝަން ޓެކްނިކްސް އާއި އެކު ބަލްކް ކޮފީ އުފެއްދުމުން މަތީ އަގުހުރި ސްޕެޝަލިޓީ ކޮފީއަކަށް ޔުނާނަށް އަޕްގްރޭޑް ކުރުމަށް އެހީތެރިވެދޭނެ ހޯދުމެކެވެ.

ބެއިޖިންގައި ބަހާރު މޫސުމުގެ ފުރިހަމަކަން ފޮޅިލައިފިއެވެ.ޕާކްތަކާއި ތާރީހީ ތަންތަނުގެ ތެރެއިން ޗެރީ މާތަކާއި ޕީޗް މާތަކާ...
04/04/2026

ބެއިޖިންގައި ބަހާރު މޫސުމުގެ ފުރިހަމަކަން ފޮޅިލައިފިއެވެ.

ޕާކްތަކާއި ތާރީހީ ތަންތަނުގެ ތެރެއިން ޗެރީ މާތަކާއި ޕީޗް މާތަކާއި މެގްނޯލިއާ މާތައް ފޮޅެމުންދާއިރު ބެއިޖިންގައި ބަހާރު މޫސުމުގައި މަންޒަރު ތަކުން ހިތަށް އުފާވެރިކަން ގެނުވައެވެ. ބަގީޗާތަކާއި މަގުތައް ފުރިފައިވަނީ މަޑު ކުލަތަކާއި ތާޒާ ވަޔާއި ހިތްގައިމު ކުލަތަކުގެ މައްޗަށެވެ.

މި ސީޒަނުގައި އެގައުމުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަށް ރީތި ހެދުމުގައި ޒީނަތްތެރިވެގެން މާ ފޮޅިފައިވާ ޕާކްތަކުގެ ތެރެއިން ހިނގާލާ، ފޮޓޯ ޝޫޓުތައް ފަދަ ހަރަކާތްތައް ކުރިއަށް ގެންދަނީ ނުހަނު އުފަލާ އެކު ގައެވެ. ކުލަކުލައިގެ މާތަކާއި ބެއިޖިންގެ ތާރީހީ އާކިޓެކްޗަރ އެއްކޮށްލުމުން ބަހާރު މޫސުމުގެ މާހައުލު އިތުރަށް ފުރިހަމަ ކޮށްދެއެވެ.

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިހާ...
10/02/2026

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިހާރު އެގައުމަށް ކުރައްވާ ދަތުރުފުޅުގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މިރަސްމިއްޔާތު އޮތީ މިއަދު ޖަރުމަނުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ރައީސް ޝްޓައިންމަޔަރ ވަނީ އެ ދެބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އެއަށްފަހު ދެ ޤައުމުގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވައި، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތާއެވެ.

ޑރ. ހަސަން ހަމީދުގެ ދިވެހި ބަހުން މިހާތަނަށް ނެރޭ އެންމެ ބޮޑު ފޮތުގެ ގޮތުގައި އިނގިރޭސި-ދިވެހި ބަސް ޑިކްޝަނަރީ ދާދި އަވަ...
31/01/2026

ޑރ. ހަސަން ހަމީދުގެ ދިވެހި ބަހުން މިހާތަނަށް ނެރޭ އެންމެ ބޮޑު ފޮތުގެ ގޮތުގައި އިނގިރޭސި-ދިވެހި ބަސް ޑިކްޝަނަރީ ދާދި އަވަހަށް ބާޒާރަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.

ބަސް ކުރިއެރުވުމަށް ގާއިމްކޮށްފައިވާ މުއައްސަސާތަކަށް ވެސް މާބޮޑު ކަމެއް ނުކުރެވޭ، އަދި ޖުމްލަކޮށް މުޅި މުޖުތަމައު ވެސް އެކަމުގައި ފަހަތު ފަޔަށް ބުރަވެފައިވާ ޒަމާނެއްގައި ޑރ. ހަސަން މިކުރެއްވީ، ދިވެހި ބަހަށް ފަހުގެ ތާރީހެއްގައި މީހަކު ކޮށްދެއްވި އެންމެ ބޮޑު އެއް ހިދުމަތެވެ.

އިނގިރޭސި ބަހުގެ 120،000 ލަފުޒުގެ ދިވެހި މާނަ ހިމަނައިގެން ހަސަން ލިޔުއްވި މި ފޮތުގެ ސަފުހާގެ އަދަދަކީ 1،992 އެވެ. މި ފޮތުގެ ހާއްސަ ކަމަކީ، މިއީ ހަމައެކަނި ލަފްޒުތަކެއްގެ އާއްމު މާނަތަކެއް ހިމެނޭ ފޮތަކަށް ނުވުމެވެ. މިފޮތުގައި ތާނައިން އިނގިރޭސި ލަފުޒުތައް ކިޔާނެ ގޮތާއި ލަފުޒުތަކުގެ މާނަތަކާއި ބޭނުންކުރާ ގޮތާއި މަޖާޒީ މާނަތައް ފަދަ އެތައް މައުލޫމާތެއް ހިމެނެ އެވެ. ފޮތަކީ ތަރުޖަމާއަކަށް ވުރެ ބޮޑަށް، އެތައް ދިރާސާތަކެއްގެ މައްޗަށް އެކުލެވޭ ފޮތެއް ކަމުން އެންމެ ފަސޭހައިން މާނަ މޭރުންވާ ގޮތަށް ލިޔުމަށް ދެތިން ހަތަރު ބަސްފޮތް އޭނާ ބޭނުން ކުރެއްވި އެވެ.

މަޝްހޫރު ކުރެހުންތެރިޔާ ހުސެއިން އަލިމަނިކުގެ އެގްޒިބިޝަން "ވިވިޑް ރިއަލިޒަމް" ހުޅުވައިފިއެވެ. މި އެގްޒިބިޝަން ކުރިއަށްދ...
23/01/2026

މަޝްހޫރު ކުރެހުންތެރިޔާ ހުސެއިން އަލިމަނިކުގެ އެގްޒިބިޝަން "ވިވިޑް ރިއަލިޒަމް" ހުޅުވައިފިއެވެ. މި އެގްޒިބިޝަން ކުރިއަށްދަނީ ނޭޝަނަލް އާޓް ގެލަރީގައިއެވެ. ހުސެއިން އަލިމަނިކުގެ ވިވިޑް ރިއަލިޒަމްގައި އެގްޒިބިޝަންގައި ޖުމްލަ 15 އާޓްވޯކެއް ދައްކާލާނެއެވެ. އެއީ 7 ޑިޖިޓަލް އާޓްވޯކާއި، 7 އޮއިލް ޕެއިންޓެކެވެ.

ހުސެއިން އަލިމަނިކުގެ މި އެގްޒިބިޝަންގެ ތެރެއިން، ދިވެހި ސަޤާފާތާއި ތާރީހު އަދި ދިވެހިވަންތަކަން ދައްކުވައި ދޭނެކަމަށާއި، ކޮންމެ ކުރެހުމަކުންވެސް ދައްކުވައިދެނީ ޤައުމީ ރޫޙް ކަމަށް އެގްޒިބިޝަން އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

ހުސެއިންގެ މި އެގްޒިބިޝަން ކުރިއަށްދާނީ މި މަހުގެ 23 އިން 30 އަށް ނޭޝަނަލް އާޓް ގެލަރީގައެވެ. އެގްޒިބިޝަން ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށެވެ. ހުކުރު ދުވަހު އެގްޒިބިޝަން ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

ހީލްއިން ޕެރެޑައިސް އިން ކިޔައިދެނީ، ރާއްޖޭގެ ގޮނޑުދޮށްތަކާއި ގުދުރަތީ ރީތިކަމެވެ. ކާބަފައިންގެ އަގުހުރި ޤުރުބާނީތަކުގެ ...
16/01/2026

ހީލްއިން ޕެރެޑައިސް އިން ކިޔައިދެނީ، ރާއްޖޭގެ ގޮނޑުދޮށްތަކާއި ގުދުރަތީ ރީތިކަމެވެ. ކާބަފައިންގެ އަގުހުރި ޤުރުބާނީތަކުގެ ވާހަކައެވެ. ދިވެހި އަންހެނުންގެ ވާހަކައެވެ. ދޮންވެލީގެ ހިތްފަސޭހަކަމުން ކުރުވާ ފުން އިހުސާސްތަކާއި ބޮލު ތެރޭގައި ގެންގުޅޭ ފިކުރުތަކުގެ ވާހަކައެވެ. ދިވެހި މަންމައިންގެ ހިތްވަރުގަދަކަމުގެ ވާހަކައާއި، ދިވެހީންގެ ކެރުމާއި ހިތްވަރުގެ ވާހަކައެވެ.

އެ އުދާސްތަކުން ނުކުމެ، ނަފުސަށް ހަމަޖެހުން ގެނުވާ ގޮތަށެވެ. މި ވާހަކަތައް ހުރީ، ހަނދާންތައް އާވާ ޅެންވެރިކަމުގެ ފަށުވި، ބަސްތަކަށް ފައްތަރުކޮށްފައެވެ. ޅެންތައް ގެނެސްދީފައިވަނީ ފަށުވި އިނގިރޭސި ބަހުން، އިހުސާސްތަކަށް ފިނި ކަމެއް ގެނުވާނެހެންނެވެ.

މިއީ ހަވްލާ ރިޒާ ލިޔުނު ދިވެހިރާއްޖޭގެ ފުރަތަމަ ޕޮއެޓްރީ ސުވެނިއާ ފޮތެވެ. ފޮތުގެ ނަމަށް ބަލާލިޔަސް، ކުރިން ކިޔާދިން ވާހަކަތައް ސާބިތުކޮށްދެއެވެ.

Address

Male

Website

Alerts

Be the first to know and let us send you an email when Dhivehi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dhivehi:

Shortcuts

Share